ENGLISH

22 އޭޕްރީލު 2025

Advertisement

ބިދޭސީންތަކެއް ކާނާ ވިހަވި މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ

23 ފެބްރުއަރީ 2025

|

ޝާމަ ޝުޢައިބު

ހުޅުމާލެ ހޮސްޕިޓަލް - ފޮޓޯ: އެމްވީ ޕްލަސް

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންތަކެއް ރޭ ކާނާ ވިހަވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބަލަން ފަށައިފިއެވެ. 

އެޗްއާރްސީއެމް އިން ބުނީ މޯލްޑިވްސް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ރޭގެ ވަގުތެއްގައި ކާނާ ވިހަވެ ބައެއް ފަރާތްތައް ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. 

އެ ކޮމިޝަނުން ދަނީ މި މައްސަލަ ގާތުން ބަލައި މޮނިޓަރކުރަމުން ކަން ހާމަކޮށް އެޗްއާރްސީއެމް އިން ބުނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަން ހިނގާދިޔަގޮތް ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ. 

އެކަމާ ގުޅިގެން ރޭ އިމިގްރޭޝަނުން ބުނީ ކާނާ ވިހަވުމުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނީ 17 މީހަކަށް ކަމަށެވެ. 

ކާނާ ވިހަވި ބިދޭސީންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާ 'އެމްއެމްޓީވީ' އާ ވާހަކަދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލުގެ ޑިރެކްޓަރ، ކަސްޓަމަރ ސަރވިސް ސެންޓަރ އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުﷲ މައުރޫފް ވިދާޅުވީ މިހާރު އެ 17 މީހުން ވެސް ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު