ENGLISH

22 އޭޕްރީލު 2025

Advertisement

ޑިޖިޓަލް ވަސީލަތްތަކާ އެކު، ރާއްޖޭގައި ދެވޭ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަނީ

23 ފެބްރުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

12 ވަނަ އިންޓަރނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގައި ސިއްހީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ސިއްހީ ވުޒާރާ

ރާއްޖޭގައި ވެސް ޑިޖިޓަލް ވަސީލަތްތައް ގާއިމުކޮށް ސިއްހީ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެ ގޮތުން ރާއްޖޭގެ ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ފްރޭމްވޯރކް ވަރަށް އަވަހަށް އިފްތިތާޙުކުރެވޭނެ ކަމަށް ސިއްހީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލްސްގެ ފަރާތުން ބޭއްވި 12 ވަނަ އިންޓަރނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ގްލޯބަލް ހެލްތު ޑަޔަލޮގްގައި ވާހަކަ ދައްކަވަމުންނެވެ.

މި ފްރޭމްވޯރކް ފަރުމާކޮށްފައިވާނީ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސިއްހީ ގިނަ ޚިދުމަތްތަކެއް ގިނަ ބަޔަކަށް ލިބޭނެ މަގު ފަހިވާނެ ގޮތްތަށް ހިމަނައިގެން މަގުޗާޓެއްގެ ސިފައިގައިކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ވަޒީރު ނާޡިމް އިންޑިޔާގެ އައިއޭއެންއެސް ނިއުސް އަށް އިންޓަވިއުއެއް ދެއްވަނީ--ވީޑިއޯ: އައިއޭއެންއެސް ނިއުސް


ޑިޖިޓަލް ސިއްހީ ނިޒާމެއްގެ ތެރެއިން ރައްކާތެރި އަވަސް ސިއްހީ ނިޒާމެއް ގާއިމްކުރެވޭނެ ކަމަށާއި، އަދި ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް މުހިންމު ދައުރެއް އަދާކުރާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

12 ވަނަ އިންޓަރނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގައި ސިއްހީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް -- ފޮޓޯ: ސިއްހީ ވުޒާރާ

ޑިޖިޓަލް ސިއްހީ ނިޒާމުގެ ފައިދާތައް ކިތަންމެ ގިނަވިޔަސް، މި ނިޒާމު ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ވަރަށް ނުދެވިއްޖެނަމަ ގެއްލުންތަކެއް ވެދާނެ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ. ސިސްޓަމުގައި ހުންނަ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ މުހިންމުކަަމުގެ މައްޗަށް ވެސް ވަޒީރުގެ ވާހަކައިގައި ވަނީ އަލި އަޅުއްވާލާފައެވެ. އެގޮތުން މި މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައިބަރ ސެކިޔުރިޓީ ފްރޭމްވޯރކްތައް ހަރުދަނާކޮށް، އަބަދުވެސް ސިސްޓަމްތައް މޮނިޓަރ ކުރަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު