ENGLISH

22 އޭޕްރީލު 2025

Advertisement

ހަވީރު 6:00 ގެ ފަހުން، މަސްދަޅު ނަގަން ބޭނުންވާ ވަގުތު އަދި މަރުކަޒު އިޚްތިޔާރުކޮށް ޓޯކަން ނެގޭނެ

22 ފެބްރުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ރޯދަ ހަދިޔާ ޕޯޓަލް މެދުވެރިކޮށް މިއަދު ހަވީރު 6:00 ގެ ފަހުން ޓޯކެން ނެގޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތްވާގޮތުގެ މަތިން މި ރަމަޟާންމަަހަށް، ސަރުކާރުން މިވަނީ ރާއްޖޭގެ ކޮންމެ ގެޔަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމުގެ މަސައްކަތް ފަށައިފައެވެ. މިކަމަށް ލިބުނު ރައްޔިތުންގެ ތަރުހީބު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން މާލެ ސަރަހައްދުގައި މަސްދަޅު ބެހުމުގައި ދަތިތަކެއްވަނީ ދިމާވެފައެވެ. އެންމެ ބޮޑަށް ދިމާވި އުނދަގުލަކީ ކިޔޫ ދިގުވުމުގެ ސަބަބުން ގިނަވަގުތު މަޑުކުރަން ޖެހުމެވެ.

ރޯދަ ހަދިޔާ ޕޯޓަލް ނެރެދެއްވި މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އެކްސް ގެ ޕޯސްޓް.

މިކަމަށް ވަގުތުން ވަގުތަށް ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން 5 މަރުކަޒަކުން ދޭންފެށި މިޚިދުމަތް މިހާރުވަނީ ވަނީ މިރެއިން ފެށިގެން 13 މަރުކަޒަކުން ލިބޭނެ ކަމަށް އިއުލާނު ކުރައްވާފައެވެ. އަދި މިއަދު މިވަނީ ގޭގަ ހުރެގެން މަސްދަޅު ކޭސް ނަގަން ބޭނުންވާ ޓޯކެން ނެގޭ ގޮތައް ހަމަހަޖައްސަވައިފައެވެ. (https://roadhahadhiya.mv/)  މި ޕޯޓަލްގައި ހިމެނޭ ކޯޑު ސްކޭންކޮށްގެން މިއަދު 18:00ގެ ފަހުން މަސް ދަޅު ކޭސް ނަގަން ބޭނުންވާ މަރުކަޒަކާއި ވަގުތު އިޚްތިޔާރުކޮށް ޓޯކަންއެއް ނަގާލެވޭނެއެވެ.

މަސްދަޅު ކޭސްބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިޔަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށެވެ.

މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ދޫކުރާނެ ތަންތަނާއި ޓޯކެން ދޫކުރާނެ އަދަދުތައް

ސަރުކާރުން ވިދާޅުވީ، މި އަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދުކުރާ މަސްދަޅު ކޭސް، ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭސް ދެއްވާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު
22 ފެބްރުއަރީ 2025

ޢަސްމާ ·

ޥެރިފައި ކޯޑް އެއް ނުލިބޭ މިހާރު 30 މިނިޓް ވީ