ENGLISH

22 އޭޕްރީލު 2025

Advertisement

މެމްބަރު މުޙައްމަދު އިސްމާޢީލް އިސްނަންގަވައިގެން ވިލިމާލެ ސާފުކުރުމުގެ މަސައްކަތް ފައްޓަވައިފި

22 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް (ވ) ވިލިމާލެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވަޑައިގަންނަވަނީ-- ފޮޓޯ/ ފާތިމަތް ނުފާ

ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް އިސްނަންގަވައިގެން "ސާފު ވިލިމާލެ-ރައްކާތެރި ވެށި" މިނަމުގައި ވިލިމާލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ފައްޓަވައިފިއެވެ. 

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، އެ ހަރަކާތަކީ މެމްބަރު މުޙައްމަދު އިސްމާޢީލް އިސްނަންގަވައިގެން ކުރިއަށްގެންދަވާ ހަކަރާތެއް ކަމަށާއި، ސާފުކުރުމުގެ ހަރަކާތުގައި ދައުލަތުގެ ބައެއް މުއައްސަސާތަކާއި ކުންފުނިތަކުން ބައިވެރިވާ ކަމަށެވެ.

މެމްބަރު މުޙައްމަދު އިސްމާޢީލްގެ އަރިހުގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީގެ އިތުރުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ވިލިމާލެ އަކީ ގިނަބަޔަކު ހިތްފަސޭހަ ކޮށްލުމަށް ދާ ތަނެއްކަމަށާއި، އެކަމަކު ވިލިމާލެއަށް ކުނި އަޅައި ހަޑިކޮށްފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. މިއަދު ފެެއްޓެވި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރޯދަ މަސް ފެށުމުގެ ކުރިން ވިލިމާލެ ސާފުކުރުން ކަމަށް މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ. 

މެމްބަރު ވިދާޅުވީ، މިއަދު ފެއްޓެވި ހަރަކާތް ވިލިމާލެ އެއްކޮށް ސާފުކުރެވެންދެން ކުރިއަށް ގެންދަވާނެ ކަމަށެވެ. 

ރޯދަ މަހަށް މާލެ ސަރަޙައްދު ސާފުކުރުމުގެ ބޮޑު ޕްރޮގްރާމެއް ސަރުކާރުން ފަށައި، ވިލިމާލޭގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ވަނީ ހިންގައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު