ENGLISH

22 އޭޕްރީލު 2025

Advertisement

ހަޤީޤަތާ އެއްގޮތަށް ޚަބަރު ފެތުރުމަކީ ޤައުމުގެ މަސްލަހަތަށް ކޮންމެހެން ބޭނުން ކަމެއް: ފަލާހު

22 ފެބްރުއަރީ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ހަގީގަތާ އެއްގޮތައް ޚަބަރު ފެތުރުމަކީ ގައުމީ މަސްލަހަތަށް ކޮންމެހެން ބޭނުން ކަމެއް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އިންތިޒާމްކޮށްގެން ރޭ ބޭއްވި މާހެފުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ރަމަޟާން މަހަށް މަރުހަބާކިޔަން ތައްޔާރުވާއިރު ފިތުނަ ފަސާދަ އުފެދޭ ކަންކަމާ ދުރުވާން ޖެހޭ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ އާއި މީޑިއާތަކުގައި ހަގީގަތާއި އެގޮތައް ޚަބަރުތައް ފެތުރުމަކީ ޤައުމުގެ މަސްލަހަތަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

"ނޫސްތަކާއި ސޯޝަލް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި އެއްގޮތައް ދެކެވޭ ވާހަކަތަކެއްކަން، ނޫސްވެރިންވެސް އަދި ސޯޝަމީޑިޔާގައި ވާހަކަ ދައްކަވާ ބޭފުޅުންވެސް ހަގީގަތާއި އެއްގޮތައް ވާހަކަ ދެއްކުމަކީ ވަރަށް މުހިންމުކަމެއް. އެހެން ނޫން ނަމަ ރައްޔިތުންނާއި ސަރުކާރާއި ނޫނިއްޔާ ދޭދޭ ފަރުދުންގެ ވަރަށް ބޮޑެތި މައްސަލަތައްޖެހި، ކަން ހިނގަންޖެހޭ ގޮތާއި ޚިލާފަށް ހިނގުމަކީ އެކަށީގެންވާ ކަމެއް،" ފަލާހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަގީގަތާއި ޚިލާފަށް ދޮގު ވާހަކަތައް ފަތުރާނަމަ މުޖުތަމައު ތެރޭގައި މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމަށާއި އެހެން ކަމުން އެކަމާމެދު ހުރިހާ ފަރާތްތަކުން ވެސް ސަމާލުވާންޖެހޭ ކަމަށެވެ. އަދި ބައިބައިވުމަކީ އެއްވެސް ފަރާތަކުން އެދޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ފިތުނަވެރި ވާހަކަތަކުގެ ސަބަބުން މަސްލަހަތު ގެއްލޭނެކަން ފަލާހު ފާހަގަކުރެއްވިއެވެ.

ފަލާހު ވަނީ ޕީއެންސީގެ އަންހެނުންގެ ރޫހުން މާހެފުން އިންތިޒާމްކޮށް، ބޭއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު