ENGLISH

22 އޭޕްރީލު 2025

Advertisement

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

22 ފެބްރުއަރީ 2025

|

ނަސްމާ ޢަބްދުލް މުޙުސިން

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސަޢޫދީޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަދި އެ ޤައުމުގެ އުޚުއްވަތްތެރި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖު

މީސްމިޑީއާ މަންސަ އެކްސްގެ އެމަނިކުފާނުގެ ރަސްމީ އެކައުންޓުން ޢަރަބި ބަހުން ހިއްސާކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ޢަރަބިއްޔާއަށް އިތުރު ތަރައްޤީ އާއި ފާގަތިކަމާއި ރައްކާތެރިކަމާއި ހަމަޖެހުން މާތް ﷲ މިންވަރުކުރައްވާނޭކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަސް ސަޢޫދީ ޢަރަބިއްޔާއިން ފާހަގަކުރަނީ އެ ޤައުމުގެ ތައުސީސީ ދުވަސް ނުވަތަ އެ ގައުމުގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެންނެވެ. އެ ދުވަސް އިޙުތިފާލުކުރަނީ، ޙިޖުރީ ސަނަތުން 1139 ވަނަ އަހަރު، އިމާމް މުޙައްމަދު ބިން ސައުދު، ސަޢޫދީ ދައުލަތް ޤާއިމުކުރެއްވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު