ENGLISH
22 އޭޕްރީލު 2025
މަސްދަޅު ކޭސް ދޫކުރަން ކޮންމު ދުވަހަކު 1300 ޓޯކަން ދޫކުރަނީ
22 ފެބްރުއަރީ 2025
|
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހަން ނިންމާފައިވާ މަސްދަޅު ކޭސްތައް އާއްމުންނަށް ދޫކުރުމުގައި ވީހާވެސް ފަސޭހަވާނެ ގޮތަށް އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ނެރެފައިވާ ނޫސަބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއްކަމުން މަސްދަޅު ދޫކުރަން ހަމަޖެހިފައިވަނީ ރޭގަނޑު އެކަނި ކަމަށެވެ. އެގޮތުން ކޮންމެ ރެއެއްގެ 8:00 އިން 12:00 އަށް މަސްދަޅު ކޭސް ބެހުން ކުރިއަށްދާނެ ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.
1- މިފްކޯ މައި އިމާރާތް: 200 ޓޯކަން
2- އެމްޓީސީސީ ސޯމިލް: 200 ޓޯކަން
3- ހެންވޭރު ދަނޑު: 100 ޓޯކަން
4- ގަލޮޅު ދަނޑު: (ސެޓަޕް 1) 50 ޓޯކަން
5- ގަލޮޅު ދަނޑު: (ސެޓަޕް 2) 50 ޓޯކަން
6- ގަލޮޅު ދަނޑު: (ސެޓަޕް 3) 50 ޓޯކަން
7- ގަލޮޅު ދަނޑު: (ސެޓަޕް 4) 50 ޓޯކަން
8- ސޯޝަލް ސެންޓަރު: 100 ޓޯކަން
9- ވިލިމާލެ، ވެމްކޯ ސައިޓް: 100 ޓޯކަން
10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން
11- ހުޅުމާލެ، ޕޮލްކޯ ޓަވަރު: (ސީ ބްލޮކް) 100 ޓޯކަން
12- ހުޅުމާލެ ހިޔާ ޓަވަރު: 10- 100 ޓޯކަން
13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް: 100 ޓޯކަން
އެ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ކިޔޫގައި ޖެހިގެން ހުންނަން ނުޖެހޭނެ ފަދައިން އޮންލައިންކޮށް ޓޯކަން ނެގޭނެ ނިޒާމެއް ހަމަޖެއްސޭނެ ކަމަށާއި މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން އެ ރެޔެއްގައި އެ މަރުކަޒަކުން އެ މީހަކަށް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ މަރުކަޒަކުން ދުވާލަކަށް ދޫކުރާނެ ޓޯކަންގެ އަދަދު ވެސް ވުޒާރާއިން އާންމުކޮށްފައިވެއެވެ.
އޮންލައިންކޮށް ޓޯކަން ނެގުމަށް އުނދަގޫވާނަމަ މަރުކަޒަކަށް ދިއުމުން ޓޯކަން ނެގުމަށް މަރުކަޒުން އެހީވާނެ ކަމަށާއި ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދެވެންދެން މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.
މަސްދަޅު ކޭސް ބަލައިދާއިރު އައިޑީ ކާޑުގެ އިތުރުން އެއްމަހުގެ ކަރަންޓު ބިލު ގެންދަންވާނެ ކަމަށާއި އެކަކަށް އެންމެ ގިނައިން ދޫކުރެވޭނީ ތިން ކަރަންޓް މީޓަރަށް ތިން މަސްދަޅު ކޭސް ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.
ޓޯކަން ނަގަން ޖެހޭ ލިންކް މިއަދު ހަވީރު ޝެއާކުރާނެ ކަމަށް ސިޓީތަކާ ބެހޭ މިނިސްޓްރީން ވަނީ ބުނެފައެވެ.