ENGLISH
22 އޭޕްރީލު 2025
ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި
22 ފެބްރުއަރީ 2025
|
ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއް-- ފޮޓޯ/ ޕީއެސްއެމް
މާލޭގެ މަގެއްގައި ޕާކުކޮށްފަހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ހުރިކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން 19 ފެބްރުވަރީ 2025 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ޕާކުކޮށްފައި ހުރި ސައިކަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާ، މަސްތުވާތަކެތި ފެނުނު ސައިކަލު ޓޯކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.