ENGLISH

22 އޭޕްރީލު 2025

Advertisement

އައްޑޫ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓްގެ ޖެންސެޓް އިންސްޓޯލްކޮށް ޚިދުމަތްދޭން ފަށައިފި

21 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ކަރަންޓު ހިދުމަތް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރު ސެޓެއް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ޔަޤީން ކުރުމަށްޓަކައި، ހޯދުނު އާ ޖަނަރޭޓަރުސެޓް އިންސްޓޯލްކޮށް، މިހާރު ޚިދުމަތް ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ. 

އެކްސްގައި ކުރި ޕޯސްޓެއްގައި ފެނަކައިން ބުނީ އެ ސިޓީގެ ސީޕީއެސްއަށް ހޯދުނު އާ ޖެންސްޓަކީ 1.8 މެގަވޯޓްގެ ޖެންސެޓެއް ކަމަށެވެ.

މީގެކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އަައްޑޫގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަކީ، އެ ކުންފުނިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަންތައް ކަމަށެެވެ. ހަމައެހެންމެ ކޮންމެ ދުވަހަކު އައްޑޫ ސިޓީން ކަރަންޓު ކެނޑުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަން ހައްލުކުރެއްވުމަށް، މަސައްކަތް ކުރައްވަމުން ގެންދާވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު