ENGLISH

22 އޭޕްރީލު 2025

Advertisement

އެޗްޑީސީން ރޯދައަށް ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ފަށައިފި

21 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

އެޗްޑީސީން މިއަދު ފެއްޓެވި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ފަށައިފިއެވެ.  

އެޗްޑީސީ އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ 'ރޯދަ ސާފު' ޕްރޮގްރާމަކީ ހުޅުމާލޭގައި ޤާއިމްވެފައިވާ މުއައްސަސާތަކާއި ޖަމާޢަތްތަކާއި ގުޅިގެން ދުނިޔެ މަގޭ ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. 

ހުޅުމާލެ ސާފުކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: އެޗްޑީސީ 

އެޗްޑީސީން މިއަދު އެ ހަރަކާތް ފެއްޓީ ހުޅުމާލެ ޗެނަލް ޕާކު ސަރަޙައްދުންނެވެ. އެ ހަރަކާތުގައި ސަރުކާރު ޙިއްސާވާ އެހެނިހެން ކުންފުނިތަކުންނާއި މުވައްޒަފުންގެ އިތުރުން ހުޅުމާލޭގެ ބައެއް ރައްޔިތުން ވެސް ބައިވެރިވެފައިވެއެވެ. 

އެޗްޑީސީން ބުނީ މިއަދު ފެށި އިވެންޓް ރަމަޟާން މަސް ފެށުމާއި ހަމައަށް ކުރިއަށްގެންދާނެ ކަމަށެވެ. ހަރަކާތުގެ ފުރަތަމަ ދުވަހުވެސް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.  

ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން އެޗްޑީސީން އަންނަނީ ހުޅުމާލޭގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު