ENGLISH

22 އޭޕްރީލު 2025

Advertisement

މަސްވެރިން ކިރާ މަހުގެ އަދާހަމަ: މިއަދު 4.1 މިލިއަން ރުފިޔާ ދޫކޮށްފި

21 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ރާއްޖޭގެ މަސްވެރިން ބާނާ މަހަށް، ޤަވާއިދުން ފައިސާ ފޯރުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މިއަދު 4.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ހާމަކުރައްވައިފިއެވެ. 

މިފްކޯއިން 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިއަދު 51 ދޯންޏަކަށް 4،149،615 (ހަތަރު މިލިއަން އެއް ލައްކަ ސާޅީސް ނުވަ ހާސް ހަ ސަތޭކަ ފަނަރަ ރުފިޔާ) ޖަމާކޮށްދީފައިވާ ކަމަށެވެ. 

އިތުރު ބޭންކްތައް މެދުވެރިކޮށް ޖަމާކުރަންޖެހޭ ފައިސާ އަންނަ އާދީއްތަ ދުވަހުގެ 16:30 ގެ ކުރިން ޖަމާވާނެކަމަށް މިފްކޯއިން ވިދާޅުވެފައިވެއެވެ. މިފްކޯއިން މިއަދު މަސްވެރިންނަށް ޖަމާކުރެއްވީ ފެބްރުވަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ކިރާފައިވާ މަހަށްވާ ފައިސާއެވެ. 

މަސްވެރިން ބާނާ މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، މަސްވެރިންނަށް ދެއްވަން ޖެހޭ ބެކްލޮގްގައި ހުރި ފައިސާ ދެއްވުމަށްފަހު، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ސަރުކާރުން އަންނަނީ މަސްވެރިންނަށް ޤަވާއިދުން ފައިސާ ދެއްވަމުންނެވެ. 

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖަނަވަރީ މަހު އެކަނި ވަނީ 8324 ޓަނުގެ މަސް ކިރައިފައެވެ. އެއީ މިދިޔަ 27 އަހަރުގެތެރޭގައި އެންމެ ގިނައިން މަސް ކިރުވި މަސް ކަމަށް މިފްކޯއިން ވިދާޅުވެފައިވެއެވެ. 

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރައްވަން ފެއްޓެވުމާއެކު، އެ ސިނާޢަތުގައި މަސައްކަތްކުރާ މަސްވެރިންނަށް ވަނީ ލުއި ފަސޭހަތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު