ENGLISH

22 އޭޕްރީލު 2025

Advertisement

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭނެ ޓީޗަރުން ބިނާކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

21 ފެބްރުއަރީ 2025

|

ޝަރާ އަބްދުﷲ

ފޮޓޯ: އިޖުތިމާއި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ނ. އަތޮޅުގައި ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭނެ ޓީޗަރުން ބިނާކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކުރައްވާފައިވަނީ އިޖުތިމާއި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ނ. އަތޮޅުގެ ވެރިކަން ކުރާ ރަށް، މަނަދުއަށް ވަޑައިގެން އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އިޖްތިމާއީ ދާއިރާއާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދޭނެ ޓީޗަރުން ބިނާކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުންނާއި މި ދާއިރާއިން މީހުން ބިނާކުރުމުގައި ކައުންސިލުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް އެ ވުޒާރާއަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުންނެވެ.

ބައްދަލުވުމުގެ ތެރެއިން..ފޮޓޯ: އިޖުތިމާއި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

މީގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ވުޒާރާއާއި މަނަދޫ ކައުންސިލާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ވަޒީރު ޢާއިޝަތު ޝިހާމްގެ މި ދަތުރުފުޅުގައި  ވަނީ އެ އަތޮޅުގެ ކައުންސިލާއި މަނަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު