ENGLISH

22 އޭޕްރީލު 2025

Advertisement

މާހެފުމަކީ ރާއްޖޭގެ ސަޤާފަތުގެ ތެރޭގައި އޮތް އިޖުތިމާޢީ އާދައެއް: ޑރ. ޝަހީމް

21 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ރަމާޟާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަޤާފަތުގެ ތެރޭގައި އޮތް އިޖުތިމާޢީ އާދައެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އެފަދައިން ވިދާޅުވީ ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ބިދުޢައެއް ކަމަށް ބުނެ ބައެެއް ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކާތީ، ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. 

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާކަމަކަށް ނުވުމާއެކު އެއީ ބިދުޢައަކަށް ނުވާނެ ކަމަށެވެ. މާހެފުމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާ ކަމެއް ނުކުރާހާ ހިނދަކު އެއީ ޖާއިޒުކަމެއް ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ. 

"ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލީ އިޚުލާސްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން. ރަމަޟާން މަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް،" ޑރ. ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. 

މި އަހަރުގެ ރަމަޟާން މަސް ފެށޭނީ، ކަލަންޑަރުގައިވާ ގޮތުން، އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަޙައްދު ސާފުކުރުމާއި، އަމިއްލަ ފަރާތްތަކުން ގޭގެ ސާފުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

ޑރ. ޝަހީމް ވިދާޅުވީ ރަމަޟާން މަހާ ދިމާކޮށް ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި، ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު