ENGLISH
22 އޭޕްރީލު 2025
ލަންކާ މީހަކު ވަޒީރު ޚަލީލް އަށް އިންޒާރުދިން މައްސަލައެއް ބަލަން ފަށައިފި
21 ފެބްރުއަރީ 2025
|
ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގެން އުޅުއްވާ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލަށް ލަންކާ މީހަކު މަރުގެ އިންޒާރު ދެމުންދާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިިފިއެވެ.
މިނިސްޓަރު ޚަލީލް ލަންކާ ދަތުރު ފެެއްޓެވި ދުވަހުން ފެށިގެން ޝޯޝަލް މީޑިއާގައި ނަދީޝް ޕެރޭރާ ކިޔާ އައިޑީއަކުން ވަނީ އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް އިންޒާރު ދީފައެވެ.
އެ މީހާގެ އެކްސްގެ އެކައުންޓްގައި އިންޒާރުދީ އެކި ޕޯސްޓްތައް ކުރަމުން އަންނައިރު، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ ގުޅުން ހުރި އިދާރާތަކާއެކު ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މީގެ އިތުރުން، އޭނާ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ދޮށަށް ގޮސް ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާނާ ދެކޮޅަށް ލިޔެފައި ހުރި ލިޔުންތަކެއް އެމްބަސީގެ ކައިރީގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ބޮކްސްގައި ވެސް ހަރުކޮށްފަ އެވެ.
މީގެ ކުރިން ވެސް ސަރުކާރުގެ އެކި ބޭފުޅުންނަށް އިންޒާރު ދެމުން އަންނަ އެ މީހާ ގެންދަނީ ވަޒީރު ލަންކާއަށް ވަޑައިގެންނެވި ފަހުން އެކިފަހަރު މަތިން އިންޒާރު ދެމުންނެވެ.