ENGLISH

22 އޭޕްރީލު 2025

Advertisement

ބޭރުފައިސާއާއިބެހޭ ޤަވާއިދަށް އާންމުންގެ ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

21 ފެބްރުއަރީ 2025

|

އިސްމާއީލް ރާތިއު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މިހާރު އެކުލަވާލާފައިވާ ބޭރު ފައިސާ މާރުކުރުމާބެހޭ ޤާނޫނުގެ ދަށުން ޤަވާޢިދެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ. 

އެމްއެމްއޭ އިން މިކަން ހާމަކުރައްވާ ނެރުއްވާފައިވާ އިޢުލާނުގައިވަނީ ބޭރު ފައިސާއާބެހޭ އާންމު ޤަވާޢިދެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެޤަވާޢިދުގެ މައިގަނޑު މަޤްޞަދަކީ ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތައް ކަނޑައެޅުމާއި، ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމާއި، މިކަންކަމާގުޅުންހުރި އެހެނިހެން ކަންކަމާބެހޭ އުސޫލުތަކާއި އިޖުރާއަތު ކަނޑައެޅުން ކަމުގައެވެ.

އެއިދާރާއިންވަނީ މިޤަވާޢިދަށް ޢާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާފައެވެ. އެގޮތުން، މިޤަވާޢިދާއި ގުޅޭގޮތުން ޢާންމުންގެ އެއްވެސް ޚިޔާލެއްވާނަމަ 23 ފެބްރުވަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އީ-މެއިލް މެދުވެރިކުރައްވާ [email protected] އަށް ޚިޔާލު ހުށަހެޅުއްވުމަށް އެމްއެމްއޭ އިން އެދިލައްވާފައިވެއެވެ. 

ބޭރު ފައިސާއާއިބެހޭ ޢާންމު ޤަވާޢިދު https://www.mma.gov.mv/#/laws އިން ލިބޭނެކަމަށް އެމްއެމްއޭ އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު