ENGLISH
22 އޭޕްރީލު 2025
ކަނޑަށް ބަރޯސާވާންޖެހޭ ޤައުމެއްގެ ހައިސިއްޔަތުން ބީ.އޯ.ބީ.ޕީ-އައި.ޖީ.އޯ އަކީ ރާއްޖެއަށް މުހިންމު ޕްރޮގްރާމެއް: ވަޒީރު ޝިޔާމް
21 ފެބްރުއަރީ 2025
|
ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަރގަވަރމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) ގެ 13 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
ދިވެހި ރާއްޖެއަކީ އަމިއްލަވަންތަކަމާއި އިޤްތިޞާދާއި ސަޤާފަތުގެ ގޮތުން ކަނޑަށް ބަރޯސާވާންޖެހޭ ޤައުމަކަށްވުމާއެކު ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަރ-ގަވަރމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) އެކު ހެދުނު ޕާޓްނަރޝިޕަކީ ޙަޤީޤަތުގައި ވެސް އަގުހުރި ޕާޓްނަރޝިޕެއްކަމާއި މި ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް މުހިންމު ޕްރޮގްރާމެއް ކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ ބީއޯބީޕީ-އައިޖީއޯގެ 13 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު ބޭއްވި މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ބީއޯބީޕީ-އައިޖީއޯ އިން ދިވެހި ރާއްޖޭގެ މަސްވެރިކަން މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އެގޮތުން މަސްވެރިކަން މެނޭޖްކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކާއި އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި މޮނިޓަރިންގއާއި ސްޓޮކް އެސެސްމަންޓް ޓެކްނިކްތައް ދަސްކޮށްދިނުން ހިމެނޭކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ދިވެހި ރާއްޖެއަކީ މަސްވެރިކަމުގެ ދާއިރާގައި ކުރީ ސަފުގައި ފާހަގަކުރެވޭ ޤައުމަކަށް ހެދުމަށް ބީއޯބީޕީ-އައިޖީއޯއިން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ފާހަގަކުރާ ކަމަށެވެ.
މަސްވެރިކަން މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފަައިވެއެވެ. މި ބައްދަލުވުމުގައި ބީއޯބީޕީ-އައިޖީއޯގެ މެމްބަރު ޤައުމުތަކުގެ އިސް ވެރިންނާއި، މަސްވެރިކަމުގެ ދާއިރާގެ މާހިރުން ބައިވެރިވެފައިވެއެވެ.