ENGLISH
22 އޭޕްރީލު 2025
ސަރުކާރުގެ ރޯދަ ހަދިޔާ؛ މަސްދަޅު ކޭސް ބަލައި ގިނަ ބަޔަކު ޖަމާވެއްޖެ
20 ފެބްރުއަރީ 2025
|
މާލޭގައި ހުންނަ މިފްކޯ އޮފީސް ކޮންޕައުންޑުގައި މަސްދަޅު ދޫކުރުމުގެ މަސައްކަތް މިރޭ ކުރިއަށް ދަނީ-- ފޮޓޯ/ އެމްއެމްޓީވީ
ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ހަދިޔާކުރައްވާ މަސްދަޅު ކޭސް ބަލައި މާލޭ ސަރަހައްދުގެ ގިނަ ރައްޔިތުންތަކެއް މަސްދަޅު ކޭސް ބަހަމުންދާ ސަރަހައްދުތަކަށް ގޮސްފިއެވެ.
ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި ކައުންސިލުތަކާ ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންނަށް މަސްދަޅު ކޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފައްޓަވާފައިވާއިރު، މާލޭ ސަރަހައްދުގައި ކަނޑައެޅިފައިވާ ވަކި ތަންތަނުން މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މިއަދުވަނީ ފަށާފައެވެ.
މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ މިރޭ 20:30 ގައެވެ. އެކަމަށް ކަނޑައެޅިފައިވާ ތަންތަނުގައި މިރޭ 23:00 އާ ހަމައަށް މަސްދަޅު ދޫކުރުމުގެ މަސައްކަތްކުރަމުންދާނެއެވެ.
މަސްދަޅު ކޭސް ބަހަން ނިންމިފައިވާ ތަންތަން:
މާލޭގައި ހުންނަ މިފްކޯ އޮފީސް ކޮންޕައުންޑުގައި މަސްދަޅު ދޫކުރުމުގެ މަސައްކަތް މިރޭ ކުރިއަށް ދަނީ-- ފޮޓޯ/ އެމްއެމްޓީވީ
މާލެއިން މަސްދަޅު ކޭސް ދޫކުރަން ކަނޑައަޅާފައިވާ ތަންތަނަަށް މިހާރުވެސް ގިނަ ޢަދަދެއްގެ ބަޔަކު މަސްދަޅު ކޭސް ބަލައި ގޮސްފައިވެއެވެ.
އަންނަ ހޮނިހިރުދުވަހުވެސް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މާލޭ ސަރަހައްދުގައި ކުރިއަށްގެންދިއުމަށްވަނީ ނިންމަވާފައެވެ. އެގޮތުން އެ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ކޭސް ދޫކުރަން ނިންމާފައިވާ ތަންތަނުން މަސްދަޅު ލިބޭނެއެވެ.
އަދި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް މެންދުރުފަހު 14:30 އިން އިރުއޮއްސި 18:00 އާ ދެމެދުގައި އަދި ކޮންމެ ރެއަކު 20:30 އިން 23:00 އަށް މަސްދަޅު ކޭސް ދޫކުރާނެއެވެ.
މިމަހު ރޯދަމަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ރަމަޟާން މަހުގައި ކޮންމެ ގޭބީސީއަކަށް 10 ކިލޯ ބާސްމަތީ ހަނޑުލާއި، 10 ކިލޯ ފުށް ސަރުކާރުން ދެއްވިއެވެ.