ENGLISH

22 އޭޕްރީލު 2025

Advertisement

ސިހުރުގެ ތުހުމަތުގައި ކުޅުދުއްފުށީގައި 10 ގެއެއް ބަލާ ސިހުރުފޮތްތަކެއް އަތުލައިގެންފި

20 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

ކުޅުދުއްފުށި ސިޓީ

ހދ. ކުޅުދުއްފުށި ސިޓީގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި 10 ގެއެއް ބަލާ ސިހުރުފޮތްތަކެއް އަތުލައިގެންފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި އިއްޔެ ކުޅުދުއްފުށި ސިޓީގައި ވަނީ ފުލުުހުންގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށުގައި ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓް ކުރުމުންނެވެ.

ކޯޓް އަމުރެއް ހޯދައިގެން ފުލުހުން ވަނީ އެ ސިޓީގެ 10 ގެއެއް ބަލާ ފާސްކޮށްފަ އެވެ. ފުލުހުން ވިދާޅުވީ 8 ގެއަކުން ސިހުރުގެ ކިޔުންތަކާއި ފޮތްތަކެއް ފެނުނު ކަމަށެވެ. އަދި ސިހުރު ހަދަން ގެންގުޅޭ ކަމަށް ބެލެވޭ އާލާތްތަކެއް ވެސް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމަކަށް ވިދާޅެއް ނުވެ އެވެ.

އަދި ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު