ENGLISH

22 އޭޕްރީލު 2025

Advertisement

ކޮތަރުތަކަށް ބައްޔެއް ޖެހި މަރުވާތީ ސަބަބު ބަލަނީ

20 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޮއެއް

‏މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ވަނީ އެކްސްގައި ކުރި ޕޯސްޓެއް ގައި އެކަން ހާމަ ކުރައްވާފަ އެވެ. އެ މިނިސްޓްރީން ވިދާޅުވީ ‏މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން، އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާގުޅިގެން އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އެ ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް އާންމު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަލި ޖެހިފައިވާ ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރި ފާރުވެފައިވެ އެވެ.

ބަލި ޖެހި އެތައް ކޮތަރެއް ވަނީ މަރުވެފަ އެވެ.

މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދާއި އާޓިފިޝަލް ބީޗު ސަރަހައްދުގައި ގިނަ އަދަދަކަށް ކޮތަރު އުޅެ އެވެ. ރަށުތެރޭގެ އެކި ހިސާބުތަކަށް ވެސް އެ ސޮރުމެން ބައިބަޔަށް ޖަމާވެ އުޅެ އެވެ.

ކިޔުންތެރިންގެ ހިޔާލު