ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ޕީޖީ ލީޑަރާ ބައްދަލު ކުރައްވައިފި

20 ފެބްރުއަރީ 2025

|

ހަސަން އާމިރު

ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ސަލާމް ކުރައްވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީ.އެން.ސީގެ ޕީ.ޖީ ލީޑަރު އިބްރާހީމް ފަލާޙްއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ހީނާ ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް މަޖިލީހުގެ ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު