ENGLISH
22 އޭޕްރީލު 2025
އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކަަށް ގުރޫމް ކުރި މައްސަލައެއް ބަލަން ފަށައިފި
20 ފެބްރުއަރީ 2025
|
ފުލުހުންގެ ޚިދުމަތުގެ އިދާރާ
ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކަަށް ގުރޫމް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މިއީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައި އޮތް މައްސަލައެކެވެ. މި މައްސަލައިގެ ތަފްސީލް ފުލުހުން ހާމަކުރީ މިއަދު އެވެ.
ފުލުހުން ވިދާޅުވީ އެ ރަށުގެ ސުކޫލުގައި އަންހެން ޓީޗަރަކު ގުރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރަކަށް ގްރޫމް ކުރި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމުން އެކަމާ ގުޅޭ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހިއްސާކޮށްފައިވާ ކަމަށާ އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއީ ކުޑަކުއްޖަކާ ގުޅުން ހުރި މައްސަލައެއް ކަމުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި ހާދިސާ ހިނގި އަތޮޅާއި ރަށް ސިއްރު ކޮށްފައި ވަނީ މައްސަލައިގެ ބާވަތުން ކަމަށް ފުލުހުން ވިދާޅުވި އެވެ.
ގްރޫމް ކުރުމަކީ ޖިންސީ އަމަލުގެ ވާހަކަތަކާއި މަންޒަރުތައް ދައްކައިގެން އެކަމަށް ޝައުގުވެރިކަން އުފައްދާ އެފަދަ އަމަލެއް ހިންގަން މަގުފަހި ކުރުމެވެ. މިއީ ޤާނޫނީ ބޮޑު ކުށެކެވެ.