ENGLISH
22 އޭޕްރީލު 2025
ށ. ފޭދޫއިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާކޮށްފި
20 ފެބްރުއަރީ 2025
|
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި ފޭދޫ ކައުންސިލާއި ދެމެދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ
ށ. ފޭދޫން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި ފޭދޫ ކައުންސިލާ ދެމެދު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ އެރަށު ކައުންސިލާ އެކު ވަޒީރު ޝިޔާމް ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އެރަށު ކައިރީ ސްޕޯޓްސް ފިޝިން ދެ ކަނދުފައްޗެއް އެޅުމަށް ހުރީ އެންމެ ސެންޓަރެކެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ޤާއިމްކުރާ ދެ ސެންޓަރު އަޅާނެކަން އިއުލާންކުރައްވާފައެވެ. އެއީ ށ.ފުނަދޫއާއި ގދ. ވާދޫއެވެ. ށ. ފުނަދޫގައި އަޅާ ކަނދުފަތި ސެންޓަރު މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މައުލޫމާތު ދެއްވައެވެ.