ENGLISH

22 އޭޕްރީލު 2025

Advertisement

ހަނިމާދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި

20 ފެބްރުއަރީ 2025

|

އިސްމާއީލް ރާތިއު

ހަނިމާދޫއިން ހައްޔަރުކުރި މީހުން

ވައިގެމަގުން ހަނިމާދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުކުރެވުނު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެމީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސްގެ އިތުރުން އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އެމީހުން ހައްޔަރު ކުރުމަށް ފަހު ބަލާ ފާސްކުރުމުގެ ތެރޭގައި އެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 13.85 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / މޯނިންގސަން، ފާޠިމަތު ޝާޙާ ޙަސަން (20އ) އާއި ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (22އ) އާއި ސ. ފޭދޫ / ރަތްވިލާގެ، މުޙައްމަދު ރިޟުވާނު ޢަބްދުއްސައްތާރު (22އ) އަދި ދ. ކުޑަހުވަދޫ / މާހިލް، އަރްސަމް ޢަލީ ވަޙީދު (28އ) ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މި އެންމެން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު