ENGLISH

08 ޖުލައި 2025

Advertisement

މާލޭގައި މަސްދަޅު ކޭސް ދޫކުރަން ފަށާނީ މިރޭ

20 ފެބްރުއަރީ 2025

|

ޝާމަ ޝުޢައިބު

އަތޮޅުތެރޭގައި މަސް ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ

ކުރިއަށް އޮތް ރޯދަ މަހަށް ޚާއްސަކޮށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް މާލޭގައި މިއަދު މެންދުރު ފެށުމަށް، ކުރިން ތާވަލްކުރިކުރުން ބަދަލުކޮށް އެ ހަރަކާތް މިރޭ ފެށުމަށް ނިންމަވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ގެންދާނެއެވެ. 

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

  • ބުރާސްފަތި- 20:30 އިން 23:00 އަށް
  • ހޮނިހިރު- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
  • 23 ފެބްރުއަރީ އިން 27 ފެބްރުއަރީއަށް- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް

މަސްދަޅު ކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތައް:

  • މާލެ : މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
  • ވިލިމާލެ : ވެމްކޯ ސައިޓް 
  • ހުޅުމާލެ ފޭސް-1 : އުމަރު ޒާހިރު ބިލްޑިންގ
  • ހުޅުމާލެ ފޭސް-2 : ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

ކޮންމެ ބޭފުޅަކު ވެސް މަސްދަޅު ކޭސް ބަލައި ވަޑައިގަންނަވާއިރު ގޭބިސީގެ ކަރަންޓް ބިލްގެ އެންމެ ފަހު ތިން މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމަކާ އަދި ބަލައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު ގެންދަވަން ޖެހެއެވެ.

ކައުންސިލުން ވިދާޅުވި ގޮތުގައި މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހިންނަށެވެ.

އަތޮޅުތެރޭގެ ރަށްރަށަށް މަސްދަޅު ކޭސްތައް ފޮނުވާ ބެހުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު