ENGLISH
22 އޭޕްރީލު 2025
ފިޠުރު ޢީދުގައި 36 ރަށެއް ދިއްލުމަށް 28 މިލިއަން ރުފިޔާގެ ބޮކި ފޯރުކޮށްދެނީ
20 ފެބްރުއަރީ 2025
|
މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ފިޠުރު ޢީދު ދުވަހު ރާއްޖޭގެ ރަށްތައް ދިއްލުމަށް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވަރންމެންޓް އެންޑް ޕަބްލިކް ވޯރކްސް، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވަޒީރު މިއަދު ވިދާޅުވީ މިދިޔަ އަހަރު ޢީދު ލައިޓު ފޯރުކޮށްނުދެވޭ ރަށްތަކުގެ ތެރެއިން 36 ރަށަކަށް މިއަހަރު ޢީދު ލައިޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޢީދު ލައިޓުތައް ފޯރުކޮށްދޭނެ ރަށްތައް ކަނޑައެޅީ ކޮންމެ އަތޮޅެއްގެ ވެސް އެންމެ އާބާދީ ބޮޑު ދެ ރަށަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޢީދު ލައިޓުތައް ދިއްލުމުގައި ފެނިގެންދާ އެކުވެރިކަމާ، އޭގެ ޒަރީޢާއިން ފެނިގެންދާ އިސްލާމީ ޝިޢާރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު މާލެ ސިޓީގެ މޭޔަރުގެ ގޮތޮގައި ހުންނެވިއިރު ރަށްތަކުގައި ކުލަގަދަކޮށް ޢީދު ލައިޓުތައް ދިއްލަން ފެށި ހިސާބުން ފެށިގެން މިދިޔަ އަހަރުވެސް ލައިޓުތައް ގެނައުމުން އެކި ރަށްތަކުން ލައިޓު ބޭނުންވެގެން ހުއްޓުމެއްނެތި އެކަމަށް އެދެމުންދިޔަ ކަމަށެވެ.
ވަޒީރު ވިދާޅުވީ މި ލައިޓުތަކަކީ ހަމައެކަނި ޢީދަށް ބޭނުންކުރާ ލައިޓުތަކެއްގެ ބަދަލުގައި މިނިވަން ދުވަސްފަދަ އެހެނިހެން މުނާސަބުތަކުގައި ވެސް ބޭނުންކުރަމުންދާ ތަކެއްޗަށްވުމުން، ރަށްތަކުގެ ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ކުރާ މިފަދަ ހޭދަތަކަކީ ވަރަށް މުހިންމު ހޭދަތަކެއް ކަމަށެވެ.
މިކަމަށް ހޭދަވާނެ ޚަރަދަކާބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މިކަމަށް 28 މިލިޔަން ރުފިޔާ ހޭދަވާނެ ކަމަށެވެ.