ENGLISH
08 ޖުލައި 2025
އިޖްތިމާޢީ ޢަދުލަކީ ހަމައެކަނި ޚިޔާލެއް ނޫން، އެއީ ސުލްޙަވެރި ފާގަތި ޤައުމެއްގެ އަސާސް: މިނިސްޓަރު ހައިދަރު
20 ފެބްރުއަރީ 2025
|
މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު، ފޮޓޯ: ރައީސް އޮފީސް
އިޖްތިމާޢީ ޢަދުލަކީ ހަމައެކަނި ޚިޔާލެއް ނޫންކަމަށާއި، އެއީ ސުލްޙަވެރި ފާގަތި ޤައުމެއްގެ އަސާސްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އިޖުތިމާޢީ އަދާލަތުގެ ދުވަހާއި ގުޅިގެން ދެއްވި ޚިތޯބުގައި މިނިސްޓަރު ވިދާޅުވީ ދިވެހި ދަޢުލަތުގެ އަޒުމަކީ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު އެކަށީގެންވާ ގޮތުގައި ތަންފީޒުކުރުމުގެ ތެރެއިން މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއެކު ދިވެހިރާއްޖޭގެ ޒުވާނުންގެ ހުނަރާއި ޤާބިލުކަން ޒަމާނާއި އެއްވަރަށް ތަރައްޤީކުރުން ކަމަށެވެ.
މިނިސްޓަރު ޑރ. ޢަލީ ހައިދަރުގެ ޚިތާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އެކުވެރިކަމާއެކު މަސައްކަތްކޮށްގެން، އިންސާފާއި، ހަމަހަމަކަމާއި، އަބުރުވެރިކަން ކޮންމެ މީހަކަށްވެސް ލިބިދެވޭނެ ދިވެހިރާއްޖެއަކާއި ދުނިޔެއެއް އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އިޖުތިމާޢީ އަދާލަތު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.