ENGLISH

22 އޭޕްރީލު 2025

Advertisement

ޤުރުއާން އުނގަންނައިދިނުމުގެ ދަތިކަން ހައްލުކުރުމަށް ރާއްޖެއިން ބޭރުން ޤާރީން ގެންނަނީ

20 ފެބްރުއަރީ 2025

|

ޝާމަ ޝުޢައިބު

މިސްކިތުގައި ގުރުއާން ކިޔަވައިދިނުމުގެ ކްލާހެއް ހިންގަނީ

ޤުރުއާން އުނގަންނައިދިނުމުގައި ޤާރީންގެ ދަތިކަންހުރި ރަށްތަކުގެ ތެރެއިން ހަ ރަށަކަށް، ރާއްޖެއިން ބޭރުގެ ޤުރުއާން ހިތުދަސް ޤާރީން މިއަދު ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ މި ބޭފުޅުން އެ ރަށްތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތަކުގައި ކިޔަވައި ދިނުމުގެ އިތުރުން މިސްކިތުގައި ޤުރުއާން ހިތު ދަސްކުރާ ކްލާސްތައް ވެސް ހިންގަވާނެ ކަމަށެވެ. 

މިކަންކަން ކުރިއަށްދާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި މުދައްރިސުންނަށް މުސާރަ ދެވޭނީ ޤުރުއާން މަރުކަޒު މެދުވެރިކޮށް ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން ކަމަށެވެ.

މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ މިދަތިކަން ހައްލުވެ ރަށްތަކުގައި މީހުން އުފެދެންދެން މިކަންކަން ދެމިއޮންނާނެ ކަމަށެވެ. އަދި މި ދަތިކަން އޮތް ހުރިހާ ރަށެއްގައި މި ދައުރުގައި މިކަން ޙައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިލޭ ސާބަހަށް ޤުރުއާން އުނގަންނައި ދިނުން ފުޅާ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީސް ކުރަން ވަރަށް ގިނަ ފަހަރު ބޭރު މީހުން ގެނެވިފައިވާ ކަމަށެވެ. 

ހާފިޒުން އުފެއްދުމުގެ މަޝްރޫޢުތައް ފަށައި ކުރެވުނު މަސައްކަތްތަކުން މިކަމުގައި މިއަދު ހެޔޮ ނަތީޖާ ފެންނަމުންދާކަމީ ކޮންމެ މީހަކު އުފާ ވާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ޒުވާން ޙާފިޒުންގެ ތެރެއިން ވަރަށް ގިނަ ޙާފިޒުންނަކީ އިސްލާމިކް މިނިސްޓްރީގެ 500 ހާފިޒުންގެ މަޝްރޫޢުގެ ދަސްވެނިން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު