ENGLISH
22 އޭޕްރީލު 2025
ރާއްޖެ އާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން ރައީސްގެ ތަހުނިޔާ
20 ފެބްރުއަރީ 2025
|
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ޤާއިމް ކުރިތާ 50 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރު، އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި ވޭތުވެދިޔަ 50 އަހަރު ތެރޭގައި ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ވިޔަފާރީގެ ގުޅުންތައް ވެސް އިތުރުވެފައިވާ ކަމަށާއި، ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެފައިވާ ކަމަށާއި މި ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މިފަހުން ރައީސް ވަނީ ސިންގަޕޫރުގެ ޚާރިޖީ ވަޒީރުއާ ވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށާއި، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސިންގަޕޫރުގެ ޚާރިޖީ ވަޒީރުއާ ވަނީ ޙިއްސާކުރައްވާފައެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުއެވެ.