ENGLISH

22 އޭޕްރީލު 2025

Advertisement

ހަ ރަށެއްގައި އާ މިސްކިތްތަކެއް، ރޯދައިގެ ފަހުން މަސައްކަތް ފަށަނީ

19 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

އަލަށް އިމާރާތް ކުރާ މިސްކިތެއްގެ ކުރެހުން

ހަ ރަށެއްގައި އާ މިސްކިތްތަކެއް ބިނާ ކުރުމަށް ނިންމަވާފައިވާ ކަމަށާއި، އެ މިސްކިތްތަކުގެ މަސައްކަތް ރޯދައިގެ ފަހުން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިސްކިތް ބިނާކުރަނީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް އަދި ތ. ވޭމަންޑޫ ގައެވެ. އަލަށް އިމާރާތްކުރޭ މިސްކިތްތަކުގެ ޑިޒައިންތަކާއި ކުރެހުންތައް ވެސް މިނިސްޓަރު ވަނީ ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މިސްކިތްތަށް ނިމޭއިރު ސޯލާއާއި އޭސީ ވެސް ހަރުކުރެވި ނެވިލޯން ވެސް އަޅާނެ އެވެ. މިސްކިތްތަށް ފަރުމާކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކު ކަމަށްވެސް ވިދާޅުވިއެވެ.

"މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއް. މަޝްރޫޢުތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ އިންޝާ ﷲ,"

މިނިސްޓަރު ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ޑިޒައިން ތަކަކީ މި ފަހުން ޑިޒައިންކޮށްފައިވާ ކުރެހުންތަކެއް ކަމަށެވެ. ކުރަހާފައިވަނީ ރިޔަން ކުންފުނިން ކަމަށް ވެސް ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ ތެރޭގައި ހިމެނެނީ 300 މީހުންނާއި 500 މީހުންނާއި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު