ENGLISH

22 އޭޕްރީލު 2025

Advertisement

ޤާނޫނުއަސާސީ އިސްލާހުކުރެވޭނީ މަޖިލީހަށް، ބަދަލުކުރެވޭނީ ރައްޔިތުންނަށް: ރައީސް ނަޝީދު

19 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ފޮޓޯ: ގާފު

ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށްކަމަށާއި، ޤާނޫނުއަސާސީ ބަދަލެއް ގެނެވޭނީ ސީދާ ރައްޔިތުންނަށް ކަމަަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ލަފާކުރެއްވިފައި އޮންނަ ގޮތުން ޤާނޫނުއަސާސީ އިޞްލާހުކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ޤާނޫނުއަސާސީގެ ނަޒަރުގައި ޤާނޫނުއަސާސީ ބަދަލުކުރާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށެވެ. އަދި ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އެމަނިކުފާނުގެ މި ރައުޔައިގެ އިތުރު ތަފުޞީލު ދެއްވަމުން އެކްސްގައި ގެންގުޅުއްވާ ނުރަސްމީ އެކައުންޓުން ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސުޕްރީމް ކޯޓަށް އޮންނާނީ ޤާނޫނުއަސާސީ މާނަކުރުން ކަމަށެވެ. 

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ޤާނޫނުއަސާސީއަށް ގެންނަވާފައިވާ އިޞްލާޙު ބާޠިލުކުރުމުގެ މައްސަލައަށް އިޝާރާތްކުރައްވައެވެ. 

އެ މައްސަލާގައި ދައުލަތުން ފާހަގަކުރި އިޖުރާއީ ނުކުތާގައި ބުނެފައިވަނީ ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ބުނެ ހުށަހަޅާ މައްސަލައެއް ސުޕްރީމް ކޯޓަށް ނުބެއްލެވޭނެ ކަމަށެވެ. ނަމަވެސް އެ އިޖުރާއީ އިއުތިރާޒާމެދު ގޮތެއް ނުނިންމަވައި ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ މައްސަލަ ކުރިއަށްގެންދެވުމަށެވެ. އަދި މައްސަލަ ފައިސަލާކުރައްވާއިރު އިޖުރާއީ ނުކުތާއާމެދު ގޮތެއް ނިންމެވުމަށެވެ. 

އެ މައްސަލައަށް އިޝާރާތްކުރައްވައި ނަޝީދުގެ ނުރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެ މައްސަލާގައި އޮތް ސުވާލަކީ ޕާޓީ ބަދަލުކުރެއްވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ އިޞްލާޙަކީ ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙެއްތޯ ބަދަލެއްތޯ އެ ސުވާލު ކަމަށެވެ. އެކަން މާނަކޮށްދިނުމަކީ ސުޕްރީމް ކޯޓުގެ ވާޖިބެއް ކަމަށްވެސް ވިދާޅުވިއެވެ.  

ކިޔުންތެރިންގެ ހިޔާލު