ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސް މައުމޫނުގެ އަތުލިޔުއްވުމަށް ބިނާކޮށް ފޮންޓެއް ނެރެނީ

19 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އަތުލިޔުއްވުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮންޓެއް ނެރުއްވަން ނިންމަވައިފިއެވެ. 

ދިވެހި އަދި ޢަރަބިން ވަރަށް ރީތިކޮށް ލިޔުއްވާ ރައީސް މައުމޫނުގެ އަތުލިޔުއްވުމަކީ ގިނަ ބަޔަކަށް އެމަނިކުފާނުގެ ވެރިކަމުގައި ފެނިފައިވާ ޗާލު ލިޔުމެކެވެ. އިސްލާމީ މަރުކަޒުގައި ޢަރަބި ބަހުން ލިޔެފައި ހުރި ބައެއް ލިޔުންތަކަކީ އެމަނިކުފާނުގެ އަތްޕުޅުން ކުރައްސަވާފައިވާ ލިޔުންތަކެވެ. 

ރައީސް މައުމޫނުގެ އަތުލިޔުއްވުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮންޓު ދައްކައިލުމަށް ޚާއްޞަ މައުރަޒެއް މިމަހުގެ 22 ވަނައަށްވާ ހޮނިހިރު ދުވަހު މާލޭ އާޓް ގެލަރީގައި އޮންނާނެކަމަށް މައުމޫން ފައުންޑޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. 

މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރެއްވި ބޭފުޅެއްގެ އަތުލިޔުއްވުމަށް ބިނާކޮށް ފޮންޓެއް ތައްޔާރުކުރި ފުރަތަމަ ފަހަރެވެ. 

މައުމޫން ފައުންޑޭޝަނުން ބުނި ގޮތުގައި ރައީސް މައުމޫނުގެ އަތުލިޔުއްވުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮންޓު ފަރުމާކުރީ ދިވެހި ފޮންޓުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރާ ދިވެހިޓައިޕް ފައުންޑްރީންނެވެ. 

ކިޔުންތެރިންގެ ހިޔާލު