ENGLISH

22 އޭޕްރީލު 2025

Advertisement

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަޤާމަށް އަމްޖަދު ޢައްޔަންކުރައްވައިފި

19 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަޤާމަށް އައްޔަންކުރެއްވި އަމްޖަދު މުސްތަފާ، ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ބަލަހައްޓާ މުއައްސަސާކަމަށްވާ ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެންމެ އިސްވެރިޔާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަޤާމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފިއެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ މަޤާމަށް އަމްޖަދު ޢައްޔަންކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ފާއިތުވި ސެޕްޓެންބަރު މަހު އިސްތިއުފާދެއްވުމާ ގުޅިގެން އެ މަޤާމު ހުސްވުމާ ގުޅިގެން އެ މަޤާމަށް ބޭފުޅަކު ހޯއްދަވަން ކުރެއްވި އިޢުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުން އިންޓަވިއުކުރެއްވުމަށް ފަހުއެވެ. 

ޖޭއެސްސީން ވިދާޅުވި ގޮތުގައި އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލެއްވުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅަކީ އަމްޖަދެވެ. 

އަމްޖަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވުމަށްފަހު އިނގިރޭސިވިލާތުގެ އެންގްލާ ރަސްކިން ޔުނިވަސިޓީން ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. 

އޭނާވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ރައީސްކަމާއި، އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސްކަމުގެ އިތުރަށް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓު ބޯޑުގެ މެންބަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު