ENGLISH
22 އޭޕްރީލު 2025
ހެކި ހޯދަން އޭސީސީން އަނެއްކާވެސް ޕޮލްކޯއަށް ވަދެއްޖެ
19 ފެބްރުއަރީ 2025
|
ޕޮލްކޯ ފްލެޓުތައް (ފޮޓޯ/ ދި އެޑިޝަން)
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ތެރޭގައި ހިންގަމުންދާކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނެއްކާވެސް އެ އޮފީހަށް ވަދެއްޖެއެވެ.
ފުލުހުންެ ވެލްފެއާގެ ކަންކަން ކުރުމަށް އުފައްދާފައިވާ ޕޮލްކޯގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ވެސް ތަހުގީގުކުރަމުން އެބަދެ އެވެ. މި މައްސަލަތަކުގެ ތަހުގީގަށް އޭސީސީން މި މަހުގެ ކުރީކޮޅު ވެސް ޕޮލްކޯއަށް ވަދެފައިވެ އެވެ.
އިތުރު ހެއްކާއި ގަރީނާ ހޯދުމަށް އޭސީސީގެ އިންވެސްޓިގޭޓަރުން މިއަދު މެންދުރުން ފެށިގެން ޕޮލްކޯގެ އޮފީހުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ކޮމިޝަނުން 'އެމްއެމް ޓީވީ' އަށް ކަށަވަރުށްދެ އެވެ.
ޕޮލްކޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ 'ބްލުސް ހައުސިން މަޝްރޫއު' ގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުވާ މައްސަލަ ވަކި ކޮމިޓީއެއް އުފައްދަވައިގެން ގެންދަވަނީ ބައްލަވަމުން ނެވެ. އެ މައްސަލަ ދިރާސާކުރަމުންދަނިކޮށް އެ އޮފީހާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް މިހާރު ފުލުހުންގެ މަގާމުގައި ހުންނެވި "ވިސިލްބްލޯވަރެއްގެ" ފަރާތުން ވަނީ ފަޅާއަރުވާލާފަ އެވެ.
މި މައުލޫމާތު ފޮނުވި ފަރާތުން ހަވާލާދިން ރިޕޯޓު 2019 ވަނަ އަހަރު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ސަމާލުކަމަށް ގެންނެވި ނަމަވެސް، އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށް ކޮމިޓީން ވަނީ މީގެކުރިން ފާހަގަކުރައްވާފަ އެވެ.