ENGLISH
22 އޭޕްރީލު 2025
ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް، މާދަމާއިން ފެށިގެން ފަސް ސަރަހައްދުން ދޫކުރަނީ
19 ފެބްރުއަރީ 2025
|
އަތޮޅުތެރޭގައި މަސް ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ
ކުރިއަށް އޮތް ރޯދަ މަހަށް ޚާއްސަކޮށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދެއްވާ މަސްދަޅު މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކަށް ދޫކުރައްވަން ފައްޓަވާނެ ކަމަށާއި ފަސް ސަރަހައްދަކުން މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ގެންދަވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި މާދަމާ އިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ގެންދާނެ އެވެ. އެ ގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު ފަހު 2:30 އިން އިރޮއޮއްސި ހަޔަކަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް މަސްދަޅު ދޫކުރަމުން ގެންދާނެ އެވެ.
މަސްދަޅު ދޫކުރުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާލޭ ސިޓީ ކައުންސިލް (ތައިސޭކޮށި، އާންމު ހިދުމަތްތަކާބެހޭ ބައި) އާއި މާފަންނު މިފްކޯ (ގޯތިތެރެ) އާއި ހުޅުމާލެ ފޭސް 1 (އުމަރު ޒާހިރު ބިލްޑިންގ) ، ހުޅުމާލެ ފޭސް 2 (ހިޔާ ޓަވަރ 10 ގްރައުންޑް ފްލޯ) އަދި ވިލިމާލޭ ގައި ވިލިމާލޭ ސިޓީ ކައުންސިލް އޮފީހުންނެވެ.
ކޮންމެ ބޭފުޅަކު ވެސް މަސްދަޅު ކޭސް ބަލާ ވަޑައިގަންނަވާއިރު ގޭބިސީގެ ކަރަންޓް ބިލްގެ އެންމެ ފަހު ތިން މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެންގޭނެ ފަދަ ލިޔުމަކާއި އަދި ބަލައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑް ގެންނަވަން ޖެހެ އެވެ.
ކައުންސިލުން ވިދާޅުވި ގޮތުގައި މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހިންނަށެވެ.
އަތޮޅުތެރޭގެ ރަށްރަށަށް މަސްދަޅު ކޭސްތައް ފޮނުވާ ބެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.