ENGLISH
22 އޭޕްރީލު 2025
ބިދޭސީންގެ މައްސަލަ ހައްލުކުރުން: ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކުރަނީ
19 ފެބްރުއަރީ 2025
|
ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަނީ -- މިހާރުގެ ފޮޓޯއެއް
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ފަށާފައިވާ މަސައްކަތަށް އެއްބާރުލުން ނުދޭ ބިދޭސީން ޑީޕޯޓް ކުރަން ނިންމާފައިވާ ކަމަށް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމަށް އެ މިނިސްޓްރީން ވަނީ "ކުރަނގި" ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އެ އޮޕަރޭޝަން ވަރަށް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ދަނީ ހިނގަމުންނެވެ. މެއި 24, 2024 ގައި ފެށި މި އޮޕަރޭޝަނާއި ގުޅޭގޮތުން ހޯމް ލޭންޑް މިނިސްޓްރީން މިއަދު ވިދާޅުވީ އަމާޒަކީ އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެ މަސައްކަތް މުޅީން ނިންމާލުން ކަމަށެވެ.
އޭޕްރީލް 20 ވަނަ ދުވަހުގެ ކުރީން ހުރިހާ ބިދޭސީންގެ ފޮޓޯއާ ފިންގާޕްރިންޓް ހޯދާ ނިންމަން އަމާޒު ހިފާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެ ތާރީހުގެ ނިޔަލަށް ފޮޓޯއާ ފިންގާޕްރިންޓް ދޭން ދެކޮޅު ހަދާ ބިދޭސީން ޑީޕޯޓް ކުރަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ވިދާޅުވިއެވެ.
އެ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މިހާތަނަށް 59 ރަށެއްގައި ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރައްވައި ނިންމަވާފައިވެއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ފަރާތުން އިޖްތިމާޢީ, އިޤުތިސާދީ އެތައް މައްސަލަތަކެއް ކުރިމަތިވެ އެވެ. ޤަވާޢިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ ވެސް ބޮޑު މައްސަލަ އެކެވެ. އެ މައްސަލަ ހައްލު ކުރުމަށް ހަރުދަނާ މުހިންމު މަސައްކަތްތަކެއް މި ސަރުކާރުން ދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ހަރުދަނާ މަސައްކަތްތަކެއް ފެށިފައި ވަނީ މި ސަރުކާރުގަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި އެފަދަ އެތައް ސަތޭކަ ބިދޭސީންނެއް ހޯދާ މިހާރު ވަނީ ޑީޕޯޓް ވެސް ކޮށްފަ އެވެ.