ENGLISH
22 އޭޕްރީލު 2025
"ރޯދަ ސާފު" ގެ ނަމުގައި ބޮޑު ހަރަކާތެއް: ފުވައްމުލަކު ސިޓީވެސް ސާފުކުރަނީ!
19 ފެބްރުއަރީ 2025
|
"ރޯދަ ސާފު"ގެ ނަމުގައި ފުވައްމުލަކު ސިޓީ ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ފެށިގެން ކުރިއަށް ދަނީ
"ރޯދަ ސާފު"ގެ ނަމުގައި ފުވައްމުލަކު ސިޓީ ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ފެށިގެން ކުރިއަށްދާ ކަމަށް އެ ސިޓީގައި ހުންނަ ޕަބްލިކް ވާރކްސް ޔުނިޓުން ބުނެފިއެވެ.
މި މަހުގެ 15 ވަނަ ދުވަހު ވަޒީރު އާދަމް ޝަރީފު ޢުމަރު މާލޭ ސިޓީގައި ފައްޓަވައިދެއްވި "ރޯދަ ސާފު" ޙަރަކާތާ ގުޅިގެން ފުވައްމުލަކު ސިޓީ ސާފުކުރުމަށް ފުވައްމުލަކު ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓާއި، އެ ސިޓީގެ ވެމްކޯއާ ގުޅިގެން ކުރިއަށް ގެންދާ މި ޙަރަކާތް މި މަހުގެ 16 އިން 23 އަށް އެ ސިޓީގައި ކުރިއަށް ގެންދާ ގޮތަށް ހަަމަޖެހިފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވިދާޅުވެއެެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި ޙަރަކާތުގައި، އެ ސިޓީގެ ގޯތިތައް ރޯދައާ ގުޅިގެން ސާފުކުރުމަށް ފަހު، އުކާލުމަށް ޓަކައި ކުނިގޮނޑާ ހަމައަށް ގެންދަންޖެހޭ ކުނިބުނި އެއްވެސް އަގަކާ ނުލައި، އެ މުއްދަތުގެ ތެރޭގައި އުކާލަދިނުމުގެ ޚިދުމަތް އެ ސިޓީގެ ވެމްކޯއާ ގުޅިގެން ޕަބްލިކް ވާރކްސް ޔުނިޓުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ސިޓީގައި ހުންނަ ޕަބްލިކް ވާރކްސް ޔުނިޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
މިހާތަނަށް އައި އިރު ފުވައްމުލަކު ސީޓީގެ ވަރަށް ގިނަ ގޭގެއިން ވަނީ މި ޚިދުމަތް ލިބިގަނެފައެވެ. އަދި މި ޚިދުމަތަށް ބޭނުންވާ ފަރާތްތަކުން ޕަބްލިކް ވަރކްސް ޔުނިޓް ނުވަތަ ވެމްކޯއާ ގުޅައިގެން ޚިދުމަތް ލިބިގަތުމަކީ "ރޯދަ ސާފު" ޙަރަކާތް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެއް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.