ENGLISH
10 އޭޕްރީލު 2025
ސެލްޓިކާ އެއްވަރުކޮށް ބަޔާން ދެވަނަ ބުރަށް، ބްރޫޖް އަތުން ބަލިވެ އެޓަލާންޓާ ކަޓައިފި
19 ފެބްރުއަރީ 2025
|
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓްގެ ޕްލޭ-އޮފް ބުރުގައި ރޭ ސްކޮޓްލެންޑްގެ ސެލްޓިކާ އެއްވަރުކޮށް ޖަރުމަންގެ ބަޔާން މިއުނިކް ގަދަ 16 ގެ ބުރުން ޖާގަ ހޯދިއިރު، ބެލްޖިއަމްގެ ކުލަބު ބްރޫޖް އަތުން ބަލިވެ އިޓަލީގެ އެޓަލާންޓާ މުބާރާތުން ކަޓައިފިއެވެ.
ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސެލްޓިކާ 1-1 އިން އެއްވަރުވެ، ދެ މެޗުގެ އެގްރިގޭޓުން އެ ޓީމު ކުރި ހޯދީ 2-1 އިންނެވެ. ސެލްޓިކްގެ ދަނޑުގައި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުން ބަޔާން މޮޅުވީ 1-0 އިންނެވެ.
އެލިއާންޒް އެރީނާގައި ކުޅުނު މެޗުގައި ލީޑު ނެގީ ސެލްޓިކުންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ސެލްޓިކަށް މި ލަނޑު ޖަހައިދިނީ ނިކޮލަސް ކޫން އެވެ.
ބަޔާނުން އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭގައި އަލްފޮންސޯ ޑޭވީސް ވައްދާލި ލަނޑުންނެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އެޓަލާންޓާގެ ދަނޑުގައި އެ ޓީމު އަތުން 1-3 އިން މޮޅުވެ، ބްރޫޖުން ވަނީ 5-2 ގެ އެގްރިގޭޓުން ކުރި ހޯދައިފައެވެ.