ENGLISH

16 ޖުލައި 2026

Advertisement

އީޔޫ އާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ އައްޔަންކުރަން ކޮމިޓީން ރުހުންދީފި

16 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ކުރީގެ ބަންޑާރަނައިބު އަދި ޖެންޑާ މިނިސްޓަރު ފާތިމަތު ދިޔާނާ ސައީދު. ފައިލް ފޮޓޯ/މިހާރު

ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމް ސަފީރުގެ މަގާމަށް ދިޔާނާ ސައީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރުހުން ދީފިއެވެ. 

ދިޔާނާ އެ މަގާމަށް އައްޔަނުކުރުމާމެދު ގޮތެއް ނިންމުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މަޖިލީހަށް ސިޓީފުޅު ފޮނުއްވީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އަދި މި މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ދިރާސާކުރުމަށް އެދުވަހު ފޮނުވިއެވެ. 

ކޮމިޓީ މަރުހަލާގައި ރައީސް ފޮނުއްވި ނަންފުޅު ދިރާސާކުރުމަށްފަހު ކޮމިޓީ މެންބަރުން ނިންމާފައިވަނީ ދިޔާނާއަކީ މަގާމަށް ގާބިލު ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އީޔޫ އަދި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. 

ދިޔާނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެކުލަވަައިލެއްވި ފުރަތަމަ ކެބިނެޓުގައި އެޓާނީ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަންވެސް އަދާކުރައްވަފައިވެއެވެ.

ސަފީރުގެ މަގާމަށް ދިޔާނާ އައްޔަންކުރެއްވުމުގެ ކުރިން، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރައްވާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު