ENGLISH

16 ޖުލައި 2026

Advertisement

ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ދަރިވަރުންގެ ޗުއްޓީ ފެށިއްޖެ

16 ޖުލައި 2026

|

ޢަލީ ޝަހީމް

ސްކޫލެއްގައި ދަރިވަރުންތަކެއް ހަރަކާތެއްގައި ބައިވެރިވަނީ. ފުރަތަމަ ޓާމުގެ ކިޔެވުން މިއަދު ވަނީ ނިމިފައި. ފޮޓޯ: ޕީއެސްއެމް

ހިނގަމުންމިދާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ނިމި ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ. 

ފުރަތަމަ ޓާމުގެ ކިޔެވުން ނިމުމާއެކު، މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުގައި މިއަދު އެކި ގަޑިތަކުގައި ވަނީ ރިޕޯޓް ފޮތް ދޫކޮށްފައެވެ. 

ފުރަތަމަ ޓާމުގެ ޗުއްޓީގެ ގޮތުގައި މިއަހަރު ލިބޭނީ 16 ދުވަހެވެ. ޗުއްޓީއަށް ފަހު ކިޔެވުން އަލުން ފެށޭނީ އޮގަސްޓް 2 ގަ އެވެ. 

ރާއްޖޭގެ 218 ސްކޫލުގައި 77000 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ. 

ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު 17 ވަނަ ދުވަހު އެވެ. ދެ ވަނަ ޓާމުގެ ޗުއްޓީއަށް ފަހު ބޮޑު ޗުއްޓީގެ ގޮތުގައި މިއަހަރު 30 ދުވަސް ލިބޭނެއެވެ. 

މިއަހަރު ދަރިވަރުން ކިޔަވަނީ ސަރުކާރުން ތައުލީމީ ކަލަންޑަރަށް ގެނައި އާ ބަދަލާއެކުއެވެ. މިގޮތުން މީގެކުރިން އަހަރުގެ މެދުތެރޭގައި ފަށަމުން އައި ކިޔެވުން މިއަހަރު ފެށީ އަހަރުގެ ކުރީކޮޅެވެ. މިއަހަރު ފުރަތަމަ ޓާމުގެ ކިޔެވުން ފެށީ ޖަނަވަރީ 27 ވަނަ ދުވަހުއެވެ. 

ތައުލީމީ ކަލަންޑަރަށް މި ސަރުކާރުން ބަދަލު ގެނައީ މީގެކުރިން ގެނެސްފައިވާ ބަދަލާއެކު ބެލެނިވެރިންގެ ކަންބޮޑުވުން އޮތުމާއެކުއެވެ. 

ކިޔުންތެރިންގެ ހިޔާލު