ENGLISH

16 ޖުލައި 2026

Advertisement

އަތޮޅުތެރޭގެ ތަކެތީގެ އަގުތައް ހިމަނައިގެން "އަގުމަގު" އެޕްލިކޭޝަން ތައާރަފްކޮށްފި

16 ޖުލައި 2026

|

ޢަލީ ޝަހީމް

އަތޮޅުތެރޭގެ ތަކެތީގެ އަގުތައްވެސް ހިމެނޭހެން، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މީގެކުރިން ލޯންޗުކުރި ބާޒާރުގެ އަގުތައް ބެލޭނެ ޚާއްޞަ "އަގުމަގު" އެޕްލިކޭޝަން ތަޢާރަފްކޮށްފިއެވެ.

މިއީ މީގެ ކުރިން 2025 ފެބްރުއަރީ 28 ގައި ލޯންޗްކުރި ޕޯޓަލްގެ ޚިދުމަތް އިތުރަށް ފުޅާކޮށް، މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކާ އަގުތައް އާންމުންނަށް ފަސޭހައިން ބަލާލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނެރުނު އެޕްލިކޭޝަނެކެވެ.

މި ބަދަލާއެކު ކޮންމެ ދުވަހަކު ބޭނުންކުރާ ސާމާނުގެ އެންމެ ފަހުގެ އަގުތަކާއި، އެކި ފިހާރަތަކުގެ އެންމެ ހެޔޮ، އެންމެ ބޮޑު އަދި އެވްރެޖް އަގުތަކުގެ އިތުރުން ފާއިތުވި 10 ދުވަހު އަގަށް އައި ބަދަލުތައް އެއް ތަނަކުން ބަލާލެވޭނެއެވެ.

މި އެޕްގެ ސަބަބުން ކޮންމެ ރަށެއްގައިވެސް ތަކެތި އަގުހެޔޮކޮށް ހުރީ ކޮންތަނެއްގައިކަން ދަތުރުކުރުމުގެ ކުރިން ދެނެގަނެވޭނެ ކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި އަގުތަކަށް އަންނަ ބަދަލުތަކުގެ ނޮޓިފިކޭޝަން ވަގުތުން ލިބުމުގެ އިތުރުން، އާންމުކޮށް ގަންނަ ތަކެތީގެ ލިސްޓު ސޭވްކޮށްގެން މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތްތަކާއި ވަކިވަކި ސާމާނު އެންމެ ހެޔޮކޮށް ލިބޭނެ ތަންތަން ފަސޭހަކަމާއެކު ހޯދާލެވެނޭގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ. 

އަގުމަގު ޕޯޓަލްގެ ހިދުމަތް ފުޅާކޮށް ހާއްސަ އެޕްލިކޭޝަނެއް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ވުޒާރާއިން ހާމަކުރީ މިދިޔަ ޖޫން މަހު އެވެ. އެ ވުޒާރާއިން ހާމަކުރިގޮތަށް އަލަށް ތައާރަފްކުރި އަގުމަގު އެޕްލިކޭޝަން ވެގެންގޮސްފައިވަނީ، މިހާރު ވެބް ޕޯޓަލްއިން ލިބެން ނެތް ގިނަ ފީޗަރތަކަކާއެކު، ފިހާރަތަކުގެ އަގުތައް ވަރަށް ފަސޭހައިން އަޅާކިޔާލެވޭ އެޕަކަށެވެ.

ކިޔުންތެރިންގެ ހިޔާލު