ENGLISH

22 އޭޕްރީލު 2025

Advertisement

ހުޅުމާލޭ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް އަޅަން ބަޔަކާ ހަވާލުކޮށްފި

19 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ހުޅުމާލޭ ހޮސްޕިޓަލުގެ ޑައިލަސިސް ސެންޓަރު ޤާއިމުކުރުމުގެ އެއްބަސްވުމުގެ ރަސްމިއްޔާތު، ފޮޓޯ: ހުޅުމާލޭ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް އަޅަން މެޑްޓެކް ކުންފުންޏާ ހަވާލުކުރައްވައިފިއެވެ. 

ހުޅުމާލެ ހޮސްޕިޓަލުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިމަސައްކަތް މެޑްޓެކް ކުންފުންޏާއި ހަވާލުކުރައްވާފައިވަނީ 90 ދުވަސް ތެރޭ އެމަސައްކަތް އެއްކޮށް ނިންމާގޮތަށްކަމަށެވެ. 

ހުޅުމާލޭ ހޮސްޕިޓަލުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން އެ އެއްބަސްވުމުގައި  ސޮއިކުރެއްވީ އެގުރޫޕުގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމެވެ. މެޑްޓެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަޙްމަދު ހައިކަލެވެ.

ޅުމާލޭ ހޮސްޕިޓާލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް އަޅަން މެޑްޓެކް ކުންފުންޏާއި ހަވާލުކުރުމުގެ ތެރެއިން - ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

މިވަގުތު ހުޅުމާލެ ހޮސްޕިޓަލުގައި ޑައިލިސިސް ހެދުމަށް 10 އެނދު ހުރެއެވެ. އެހެންނަމަވެސް ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާތީ ޖާގައިގެ މައްސަލަ ބޮޑުވެ ޑައިލިސިސް ހެދުމަށް އިތުރު އެނދުތަކެއް ގާއިމުކުރަން ނިންމެވީ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިއެވެ. 

ސަރުކާރުން ގެންދަވަނީ މާލޭ ސަރަހައްދުގެ ހޮސްޕިޓާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެއްވުމާއެކު، ހޮސްޕިޓާތަކުގެ ޤާބިލުކަން އިތުރުކުރެއްވުމުގެ މަސައްކަތްކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު