ENGLISH

22 އޭޕްރީލު 2025

Advertisement

ހިތަދޫގައި މީހަކު ބަނދެ އެމީހާއަށް އަނިޔާކުރި މައްސަލައިގައި ހަތަރު މީހަކާއި ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

12 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

އައްޑޫސިޓީ ހިތަދޫގައި މީހަކު ޖޯއްޔެއްގައި ބަނދެ އެމީހާއަށް އަނިޔާކުރި މައްސަލައިގައި ހަތަރު މީހަކާއި ކުޑަ ކުއްޖަކު ހައްޔަރުކޮށްފިއެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު ދަންވަރު 1:35 ހާއިރު ސ. ހިތަދޫ މައިލޯ ދަނޑު ސަރަޙައްދު ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެ ސަރަޙައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި ތަން ފެނިފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުން އިތުރަށް ބެލިބެލުމުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ އޭނާގެ ބޮލުން ބައެއް ބާލައި އަނިޔާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. 

ފުލުހުން ވިދާޅުވީ، އަނިޔާކޮށްފައި ހުއްޓާ ފެނިފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން ހަތަރު މީހަކާއި، 15 އަހަރުގެ ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ ސ. ހިތަދޫ ވިޝަންޑްރީމް ސަމާޙު ތައުފީޤް، ސ. ހިތަދޫ ގްރޭސް މުޙައްމަދު ޔައީޝް އާޒާދު، ސ. ހިތަދޫ ނޫތަރި އަޝްރަފް މުޙައްމަދު އަދި ސ. ހިތަދޫ މެރީގާޑަން އަލީ މާޒިން ޙަސަންގެ އިތުރުން ކުޑަ ކުއްޖެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސަމާޙް ތައުފީޤް އާއި އަޝްރަފް މުޙައްމަދު 15 ދުވަހަށް ބަންދުކޮށް، ދެން ތިބި ދެމީހުން 7 ދުވަހަށް ބަންދު ކުރުމަށްވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ގެނައި 15 އަހަރުގެ ކުޑަކުއްޖާ ކޯޓަށް ހާޒިރުނުކޮށް، އެ ކުއްޖާ އާއިލާއާ ވަނީ ޙަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު