ENGLISH
17 އޭޕްރީލު 2026
ކުނބުރުދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ނިމުމަކާ ހަމައަށް
17 އޭޕްރީލު 2026
|
ކުނބުރުދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އާރްޑީސީ
އެންމެ މަޤްބޫލު
އދ. ކުނބުރުދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
އާރުޑީސީން ބުނީ، އެ މަޝްރޫއުގެ ބޮޑު ބައެއް ނިމި، މިހާރު ކުރިއަށް ދަނީ އިމާރާތުގައި ނުނިމި ހުރި ކުދިކުދި މަސައްކަތްތައް ކަމަށެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހު ކުނބުރުދޫ ފުލުހުންގެ ޕޯސްޓް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައި ވަނީ، ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާ ކުރެއްވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ސަރުކާރުގެ އަމާޒަކީ މި އަަހަރު ނިމިގެންދާއިރު ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ.
އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.