ENGLISH
17 އޭޕްރީލު 2026
ކުޑަ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް
17 އޭޕްރީލު 2026
|
ކުޑައަންހެން ކުއްޖާ ގަހެއްގައި ބަނދެފައި --
އެންމެ މަޤްބޫލު
އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް އަނިޔާވެރިވާނެ ފަދަ އަމަލެއް ހިނގި މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް މިއަދު މެންދުރު 1:10 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އަޕަރ ނޯތު ޕޮލިސް ގައި ހިމެނޭ ރަށެއްގަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ބުންޏެވެ.
މި މައްސަލަ ފެންމަތިވީ އެ ހާދިސާ ހިނގި ރަށުގެ މީހަކު އެ މަންޒަރު ފެންނަ ފޮޓޯތަކެއް ނަގާ އާންމުކުރުމުންނެވެ. އެ މީހާ ވަނީ ހުކުރަށް ދިޔަ މަގުމަތީ އެ މަންޒަރު ފެނުމުން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް ފޮޓޯ ނަގާ ހިއްސާކުރީ ކަމަށް ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ކުރަމުން ކަމަށް ވެސް ބުންޏެވެ.
މި ހާދިސާ ފެންމަތިވީ މީހަކު އެ މަންޒަރު ފެންނަ ފޮޓޯތައް އާންމުކުރުމުންނެވެ. އެ މީހާ އެ ފޮޓޯތައް އާންމުކޮށް ބުނީ އެ މަންޒަރު ފެނުނީ މިއަދު ހުކުރަށް ދިޔަ ވަގުތު ކަމަށެވެ.