ENGLISH

22 އޭޕްރީލު 2025

Advertisement

ދިރާސީ އަހަރަށް ދަރިވަރުން ސްކޫލު ބަދަލުކުރުމުގެ ކަންތައް އަވަހަށް ނިންމުމަށް އިލްތިމާސްކޮށްފި

12 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ކުރިއަށް އޮތް ދިރާސީ އަހަރަށް އެއްރަށުން އަނެއްރަށަށް ބަދަލުވާ ދަރިވަރުން ސްކޫލު ބަދަލުކުރުމުގެ ކަންކަން އަވަހަށް ނިންމުމަށް ތައުލީމީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. 

އެ ވުޒަރާއިން ހާމަކުރެއްވިގޮތުގައި ދަރިވަރުން ސްކޫލު ބަދަލުކުރުމަށް އެދޭނަމަ، ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް އެދޭ ފޯމު ބެލެނިވެރިޔާ ހުށަހަޅަންޖެހޭނީ މިހާރު ދަރިވަރު ކިޔަވަމުންދާ ސްކޫލަށެވެ. އަދި މިކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު 6 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކާއި ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހުގައެވެ. އަދި ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅުންހުރި ހުރިހާ މަސައްކަތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެ ވުޒާރާއިން ވަނީ މިހާރު ހިނގަމުންދާ 2024 ވަނަ އަނަ އަހަރުގެ ދިރާސީ އަހަރުގެ ބާކީ އޮތް ދުވަސްކޮޅުގައި ދަރިވަރުން އެއްރަށުން އަނެއްރަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަވާނެކަން ސްކޫލުތަކަށް އަންގަވާފައެވެ. އެއީ މި ދުވަސްވަރަކީ ދަރިވަރުންގެ އިމްތިޙާނުތަކާއި އެސެސްމަންޓްތައް އަދި ރިޕޯޓު ފޯމުތައް ތައްޔާރުކުރާ ދުވަސްވަރަށް ވާތީއެވެ.

މި ހިނގާ ދިރާސީ އަހަރު ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 26 ގައެވެ. މި މަހުގެ ފެބްރުއަރީ 20 ވަނަ ދުވަހު ދިރާސީ އަހަރު ނިމޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު