ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ގުއަޓެމާލާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވައިފި

11 ފެބްރުއަރީ 2025

|

ހަސަން އާމިރު

ގުއަޓެމާލާގެ ވެރިކަންކުރާ ގުއާޓެމާލާ ސިޓީގެ ރަށްބޭރު ހައިވޭ ބުރިޖުން ދަތުރު ކުރަމުން ދިޔަ ބަހެއް ވެއްޓި ހިނގި ހިތާމަވެރި ހާދިޘާގައި މި ދުނިޔެއާ ވަކިވެ ދިޔަ މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެ ޤައުމުގެ ރައީސް، ހިޒް އެކްސެލަންސީ ސެސަރ ބަރނާޑޯ އަރޭވަލޯ ޑެ ލެއޯންއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެސެޖެއް ފޮނުއްވައިފިއެވެ.

މި ހާދިސާއާ ގުޅިގެން ގުއަޓެމާލާގައި ޤައުމީ ހިތާމައިގެ ތިން ދުވަސް އިޢުލާންކޮށްފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ގުއަޓެމާލާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު