ENGLISH
22 އޭޕްރީލު 2025
އެގްރިކަލްޗަރ ޑިވެލޮޕްމަންޓާ ގުޅޭ ކައުންސިލް ބައްދަލުވުމަށް މިނިސްޓަރ ޑރ. މާރިޔާ އިޓަލީއަށް
11 ފެބްރުއަރީ 2025
|
މިނިސްޓަރ މާރިޔާ. ފޮޓޯ: ރައީސް އޮފީސް
އިންޓަރނޭޝަލް ފަންޑު ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) ގެ 48 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އިޓަލީއަށް މިއަދު ފުރާވަޑައިގެންފިއެވެ.
އެ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ބައިވެރިވަޑައިގަންނަވާ ކައުންސިލް ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 12 އިން 13 އަށް އިޓަލީގެ ރޯމްގައެވެ.
ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމަކީ ޚާއްޞަކޮށް ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތަކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެކެވެ.
ބައްދަލުވުމުގައި ޤައުމުތަކުގެ ވަޒީރުންނާއި، އިސް އޮފިޝަލުންގެ އިތުރުން، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ވުޒާރާއިން ވިދާޅުވީ، ޑރ. މަރްޔަމް މާރިޔާގެ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމުގައި، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި، އިރުޝާދުގެ އަލީގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ މަގުތައް ފަހިވާނެކަމަށެވެ.