ENGLISH
07 ޖުލައި 2025
ބައިނަލްއަޤުވާމީ 3 ޖަމިއްޔާއަކަށް މަންދޫބުން ކަނޑައަޅަނީ
11 ފެބްރުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ބައިނަލްއަޤުވާމީ ތިން ޖަމިއްޔާއަކަށް ރާއްޖޭގެ ފަރާތުން މަންދޫބުން ކަނޑައެޅުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އެ މަގާމުތަކަށް އައްޔަނުކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ތަޅުމުގައި އިއުލާނުކުރެއްވުމަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
ދާއިމީ މަންދޫބުންގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ހުށަހަޅުއްވާފައިވާ ނަންފުޅުތަކަކީ:
މީގެއިތުރުން ކެނަޑާ އަދި މިޞްރަށް ނޮން ރެޒިޑެންޓް ސަފީރުން ހަމަޖެއްސުމުގެ މައްސަލަ ވެސް އިއުލާނުކޮށްފައިވެ އެވެ. އެގޮތުން ކެނަޑާގެ ނޮން ރެޒިޑެންޓް ސަފީރަކަށް ހަމަޖައްސަން ރައީސް ހުށަހެޅުއްވީ އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދުގެ ނަންފުޅެވެ. މިޞްރަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް ހަމަޖެއްސުމަށް ރައީސް ހުށަހެޅުއްވީ ސައުދީ ސަފީރަކަށް މިހާރު ހުންނަވާ އަހުމަދު ސަރީރުގެ ނަންފުޅެވެ.