ENGLISH

07 ޖުލައި 2025

Advertisement

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އެއްކޮށްލުމަކީ ދެ ދާއިރާއިރާއަށް ވެސް ރަނގަޅު ނިންމެވުމެއް: މިނިސްޓަރ ޠާރިޤް

10 ފެބްރުއަރީ 2025

|

އަހުމަދު ސައީދު

ވަޒީފު ޠާރިޤު އިބްރާހީމް.

ފަތުރުވެރިކަމާ އަދި ތިމާވެއްޓާ ބެހޭ ވުޒާރާ އެއްކޮށްލުމަކީ އެ ދެ ދާއިރާގެ ކުރިމަގަށް ވެސް ރަނގަޅުވާނެ ނިންމެވުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް ވެއްޖެއެެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ އެއްކޮށްލައްވައި އެ މިނިސްޓްރީގެ މިނިސްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނަރޖީގެ މަޤާމުގައި ހުންނެވި ޠާރިޤު އިބްރާހިމެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރައީސް އެ ދެ ވުޒާރާ އެއްކޮށްލެއްވުމަކީ ވަރަށް ވިސްނުންތެރިިކަމާއެކު ނިންމަވާފައިވާ ރަނގަޅު ނިންމެވުމެއް ކަމަށެވެ. 

ޠާރިޤް ވިދާޅުވި ގޮތުގައި ފަތުރުވެރިމާއި ތިމާވެށީގެ ދާއިރާއަކީ ވަރަށް ގުޅުންބޮޑު ދެ ދާއިރާއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ދެމިއޮންނާނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރެވިގެންނެވެ. 

"ރާއްޖެ އަަންނަ 65 ޕަސެންޓަށްވުރެ ގިނަ ފަތުރުވެރިން މި އަންނަނީ ރާއްޖޭގެ މާހައުލު ނޫނިއްޔާމުން ތިމާވެށީގެ އެކި ކަންކަން ދެކިލަން. ބީޗުތަކުގައި މަޑުކޮށްލުމާއި ކަނޑުއަޑީގެ ދިރުންތައް ބެލުމާއި ރަަށްފުށުގެ ދިރިއުޅުން ދެކިލުމާއި އައިލެންޑް ލައިފެއްގައި އުޅެލުމުގެ މަގުޞަދުގައި. ތިމާވެށި ރައްކާތެރިކޮށް ބަލަހައްޓައިގެން ފަތުރުވެރިކަން މި ދެމެހެއްޓެނީ. ވަރަށް ގާތް ގުޅުމެއް އޮންނަ ދެކަމެއް މިއީ ފަތުރުވެރިކަމާއި ތިމާވެއްޓާ،" ވަޒީރު ވިދާޅުވި އެވެ.

ޠާރިޤް ވިދާޅުވި ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ރައްކާތެރިކުރުމަށް ބަލާއިރުވެސް، އެ ފަދަ ސަރައްދުތަކާއި ގުޅޭގޮތުން ކަންކަން ނިންމުމުގައި ހަމަހަމަކަމެއް ގެންގުޅެން މިހާރު ފަސޭހަވެގެންދާނެ އެވެ. ވަޒީރު ވިދާޅުވީ މިހާރު ވެސް ދެ ވުރާޒާގައި މަސައްކަތްކުރައްވާ ފަރާތްތަކާއެކު، ކުރިއަށް އޮތްތަނުގައި އެ ދެ ދާއިރާ އަށް ވެސް ކާމިޔާބީ ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު