ENGLISH
22 އޭޕްރީލު 2025
ހެލްމެޓު އަޅަން ނުޖެހޭ ތަންތަނުގައި ހެލްމެޓު އަޅާ މީހުންނަށް ފާރަވެރި ވާނަން: ޕޮލިސް
10 ފެބްރުއަރީ 2025
|
ހެލްމެޓު އަޅަން ނުޖެހޭ ސަރަހައްދުތަކުގައި ހެލްމެޓު އަޅާ މީހުން ބަލައި ފާސްކޮށް އެފަދަ މީހުންނަށް ފާރަވެރިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ހެލްމެޓް އެޅުން ޤާނޫނުން ލާޒިމް ނުކުރާ ސަރަޙައްދުތަކުގައި ހެލްމެޓު އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަލައި، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލާ ފާސްކުރެވޭނެ ކަމަށެވެ. މި ފިޔަވަޅަކީ ހުރިހާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށް އެންމެންނަށް އަމާން ވެއްޓެއް ޤާއިމްކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި މިހާރަކަށް އައިސް ހެލްމެޓު އަޅައިގެން ކާކުކަން "ވަންހަނާ" ކޮށްގެން ކުށްތަކަށް އަރައިގަންނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ މީހުން ވިޔަފާރި ކުރާ ތަންތަނާއި އެކިއެކި ޚިދުމަތް ދޭ ތަންތަނަށް ވަދެ އުޅޭ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ޤާނޫނުގައިވާ ގޮތުން އުޅަނދު ދުއްވަން އިންނަ މީހާއާއި އޭނާގެ ފަހަތުގައި އިންނަ މީހާ ހެލްމެޓު އެޅުން ލާޒިމުވާނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް ސައިކަލް ދުއްވަން ހުއްދަ ސަރަޙައްދުތަކުގައެވެ. މާލޭގައި ނަމަ އެއީ ސިނަމާލެ ބްރިޖާއި ހައިވޭއެވެ.